1
حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ. ދެންވެސް كافر ވި މީހުން އެއުރެންގެ ވެރިިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް شريك ކުރެތެވެ.
2
އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجل އެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ حضرة ގައި ކަނޑައަޅުއްވާފައިވާ أجل އެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شك ކުރަމުއެވެ.
3
އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން حق ވެގެން) ވާ، اللَّه އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
4
އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية ތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
5
ފަހެ، ހަމަކަށަވަރުން، حق ބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبر ތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ.
6
އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް أمّة ގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيل އެއްގެ ބަޔަކު އުފެއްދެވީމެވެ.
7
އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ كافر ވީ މީހުން ބުނީހެވެ.
8
އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ ملائكة އަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް مهلة އެއް ނުދެއްވާ ހުށްޓެވެ.
9
ތިމަންރަސްކަލާނގެ رسول އަކީ، ملائكة އަކު ކަމުގައި ލެއްވިނަމަަ، އެ ملائكة އަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ. (ނޯޓު: މި آية ން އެ އަންގަވަނީ މާތްاللَّه، رسول ކަމާއިގެން ملائكة އަކު ފޮނުއްވިނަމަ އެ ملائكة އަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ ملائكة އެއްގެ أصل ސޫރައިގައި ފޮނުއްވިނަމަ، އެ ملائكة އަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدم ގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް اللَّه ހެއްދެވީއެވެ.)
10
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ.
11
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
12
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށެވެ. އެކަލާނގެ އަމިއްލަ ذات ފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް رحمة ވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذات ފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން قيامة ދުވަހަށް އެއްކުރައްވާނެތެވެ. އެކަމާމެދު شك އެއް ނެތެވެ. އެއުރެންގެ އަމިއްލަ نفس ތައް ނަގައިލި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
13
ރެއާއި ދުވާލުގެތެރޭ އުޅޭހައި ތަކެތި، މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
14
ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ مثال އެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ رزق ދެއްވަނީ އެކަލާނގެއެވެ. رزق ލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! إسلام ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، شريك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
15
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
16
އެދުވަހުން، އެމީހެއްގެ ކިބައިން އެ عذاب ދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ نصيب ލިބުމަކީ އެއީއެވެ.
17
އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
18
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
19
ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އާއެކުގައި އެހެން إله ންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريك ކުރާ ތަކެތިން ބަރީއަވެގެންނެވެ.
20
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަނެތެވެ. (އެބަހީ: توراة އާއި، إنجيل ގެ أهل ވެރިން، محمد ގެފާނަކީ رسول އަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ نفس ތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
21
اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.
22
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، شريك ކުޅަ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން شريك ން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
23
ދެން ތިމަންމެންގެ ވެރި اللَّه ގަންދީ ބުނަމުއޭ، شريك ކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ.
24
އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ!
25
އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ آية އެއް ފެނުނަސް، އެއުރެން އެއަކަށް إيمان އެއް ނުވެތެވެ. އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ جدل ކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު كافر ވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
26
އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ نفس ތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ.
27
އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ.
28
އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.
29
އަދި އެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
30
އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. (އެހިނދު) އެކަލާނގެ وحى ކުރައްވާނެތެވެ. މިއީ ތެދު حقيقة ކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. ނޫނެކެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ!
Sonraki 30 ayet →