Ana SayfaMealler › P.O.Maldives
PO

P.O.Maldives

P.O.Maldives
P.O.Maldives meali ile okumaya başla
Tur 1 / 49
1
طور ފަރުބަދައާއި،
P.O.Maldives 52:1
2
طور ފަރުބަދައާއި،
P.O.Maldives 52:2
3
ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި،
P.O.Maldives 52:3
4
البيت المـعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި)
P.O.Maldives 52:4
5
އުފުލިގެންވާ އުޑާއި،
P.O.Maldives 52:5
6
ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ.
P.O.Maldives 52:6
7
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ.
P.O.Maldives 52:7
8
އެ عذاب (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ.
P.O.Maldives 52:8
9
އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ.
P.O.Maldives 52:9
10
އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ.
P.O.Maldives 52:10
11
ފަހެ، އެދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުށްޓެވެ.
P.O.Maldives 52:11
12
އެއުރެންނީ ހަމަ باطل ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ.
P.O.Maldives 52:12
13
އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ.
P.O.Maldives 52:13
14
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކަޔެވެ.
P.O.Maldives 52:14
15
ފަހެ، މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
P.O.Maldives 52:15
16
ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ! އަދި (އެ عذاب އަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
P.O.Maldives 52:16
17
ހަމަކަށަވަރުން، تقوى ވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ نعمة ގައެވެ.
P.O.Maldives 52:17
18
(އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ.
P.O.Maldives 52:18
19
(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
P.O.Maldives 52:19
20
(އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ.
P.O.Maldives 52:20
21
އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.
P.O.Maldives 52:21
22
އަދި އެއުރެން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ.
P.O.Maldives 52:22
23
އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެތެވެ.
P.O.Maldives 52:23
24
އަދި އެއުރެންނަށް خاص ވެފައިވާ ފިރިހެންކުދިން އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ.
P.O.Maldives 52:24
25
އަދި އެކަކު އަނެކަކާ سؤال ކުރަމުން، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.
P.O.Maldives 52:25
26
އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ أهل ވެރިންގެ ތެރޭގައި އުޅުނުއިރު (اللَّه ގެ عذاب އަށް) ބިރުވެތިވެގެންވީމުއެވެ.
P.O.Maldives 52:26
27
ދެން اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ عذاب ން ތިމަންމެން ދިންނެވިއެވެ.
P.O.Maldives 52:27
28
ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، إحسان ތެރިވަންތަ، رحيم ވަންތަ ކަލާނގެއެވެ.
P.O.Maldives 52:28
29
ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ.
P.O.Maldives 52:29
30
އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ.
P.O.Maldives 52:30