1
ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި،
2
ފެންބަރުކައިފައިވާ ވިލާތަކާއި،
3
ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި،
4
ކަންތައްތައް ބައްސަވާ ملائكة ންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ.
5
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައްތަކަކީ، حق ތެދުކަން ކަށަވަރެވެ.
6
އަދި (ތިޔަބައިމީހުންގެ عمل ތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ.
7
(ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި وحى ކުރައްވަމެވެ.
8
ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (محمد ގެފާނާއި، قرآن އާމެދު) خلاف ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ.
9
އެކަމުން ދުރުކުރައްވާފައިވަނީ (اللَّه ގެ علم ފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ.
10
ދޮގުހަދާ މީހުންނަށް لعنة ލައްވާފައިވެއެވެ.
11
އެއުރެންނީ جاهل ކަމުގެ ތެރެޔަށް ގެނބި، غافل ވެފައިވާ މީހުންނެވެ.
12
އެއުރެން (ފުރައްސާރައިގެގޮތުގައި) سؤال ކުރެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
13
(އެއީ) ނަރަކައިގެ عذاب އަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ.
14
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذاب ގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذاب އެވެ.
15
ހަމަކަށަވަރުން، تقوى ވެރިިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.
16
އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ.
17
އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.
18
އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ.
19
އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حق އެއްވެއެވެ.
20
يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.
21
އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟
22
އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ.
23
ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ وحى ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ حق ތެދުކަން ކަށަވަރެވެ.
24
إبراهيم ގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
25
އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، سلاماً މިހެން ވިދާޅުވެ سلام ކުރެއްވޫއެވެ. ދެން އެކަލޭގެފާނު سلام މިހެން ވިދާޅުވެ سلام ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ.
26
ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.
27
ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟
28
ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكة ންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވޫއެވެ.
29
ފަހެ (އެ އުފާވެރި خبر އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟)
30
އެ ملائكة ން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Sonraki 30 ayet →