Ana SayfaMealler › P.O.Maldives
PO

P.O.Maldives

P.O.Maldives
P.O.Maldives meali ile okumaya başla
Yasin 1 / 83
1
ى س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)
P.O.Maldives 36:1
2
حكمة ތެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ.
P.O.Maldives 36:2
3
ހަމަކަށަވަރުން، ކަލޭގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.
P.O.Maldives 36:3
4
ސީދާވެގެންވާ މަގެއްގެ މަތީގައެވެ.
P.O.Maldives 36:4
5
އެ ފޮތަކީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެ ބާވައިލެއްވި ފޮތެވެ.
P.O.Maldives 36:5
6
އެއުރެންގެ ކާބަފައިންނަށް إنذار ކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. ފަހެ، އެއުރެންނީ غافل ވެގެންވާ ބަޔެކެވެ.
P.O.Maldives 36:6
7
ހަމަކަށަވަރުން، އެއުރެންކުރެން ގިނަމީހުންގެ މައްޗަށް ކޯފާގެ ބަސްފުޅު حق ވެއްޖެކަން ކަށަވަރެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
P.O.Maldives 36:7
8
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ، އެ ކަސްތަޅުތައް ދަތްދޮޅިތަކާ ހަމަޔަށް ހުންނަހުށްޓެވެ. ފަހެ، އެއުރެންވަނީ ބޯތައް އުފުލިގެންނެވެ.
P.O.Maldives 36:8
9
އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ.
P.O.Maldives 36:9
10
އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.
P.O.Maldives 36:10
11
ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ!
P.O.Maldives 36:11
12
ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ.
P.O.Maldives 36:12
13
ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ.
P.O.Maldives 36:13
14
ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ން ފޮނުއްވިހިނދެެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ.
P.O.Maldives 36:14
15
އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ.
P.O.Maldives 36:15
16
އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ.
P.O.Maldives 36:16
17
އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ.
P.O.Maldives 36:17
18
އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ.
P.O.Maldives 36:18
19
އެބޭކަލުން ވިދާޅުވޫއެެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
P.O.Maldives 36:19
20
އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ!
P.O.Maldives 36:20
21
ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.
P.O.Maldives 36:21
22
އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
P.O.Maldives 36:22
23
އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ.
P.O.Maldives 36:23
24
އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
P.O.Maldives 36:24
25
ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
P.O.Maldives 36:25
26
ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
P.O.Maldives 36:26
27
އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟
P.O.Maldives 36:27
28
އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ.
P.O.Maldives 36:28
29
އެއުރެންގެ عقوبات އަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
P.O.Maldives 36:29
30
އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެއުރެން ފުރައްސާރަކުރާގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް رسول އަކު ވަޑައެއްނުގަންނަވަތެވެ.
P.O.Maldives 36:30