Ana SayfaMealler › P.O.Maldives
PO

P.O.Maldives

P.O.Maldives
P.O.Maldives meali ile okumaya başla
Neml 1 / 93
1
ط س (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ކީރިތި قرآن ގެ އަދި ބަޔާންވެގެންވާ ފޮތެއްގެ آية ތަކެވެ. (އެބަހީ: ބަޔާންވެގެންވާ ފޮތެއްކަމުގައިވާ قرآن ގެ آية ތަކެވެ.)
P.O.Maldives 27:1
2
(އެއީ) مؤمن ންނަށް ތެދުމަގެކެވެ. އަދި އުފާވެރި خبر އެއްމެއެވެ.
P.O.Maldives 27:2
3
އެއުރެންނީ ނަމާދު قائم ކޮށް، زكاة ދީ، އަދި آخرة ދުވަހާމެދު يقين ކުރާ މީހުންނެވެ.
P.O.Maldives 27:3
4
ހަމަކަށަވަރުން، آخرة ދުވަހަށް إيمان ނުވާ މީހުންނަށް ތިމަންރަސްކަލާނގެ އެއުރެންގެ عمل ތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެއުރެންވަނީ حيران ވެ، ދެފުށުއެޅޭ حال ގައެވެ.
P.O.Maldives 27:4
5
އެއުރެންނީ އެއުރެންނަށް ނުބައިވެގެންވާ عذاب ހުރި މީހުންނެވެ. އަދި އެއުރެންނީ آخرة ގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ.
P.O.Maldives 27:5
6
ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة ންކަން ކަށަވަރެވެ.
P.O.Maldives 27:6
7
موسى ގެފާނު އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެތަނުން خبر އަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާހުށީމެވެ. ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް ހުޅުކޮޅެއް ގެންނަވާހުށީމެވެ.
P.O.Maldives 27:7
8
ފަހެ، موسى ގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: موسى ގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: ملائكة ންނަށް) بركات ލައްވާފައިވެއެވެ. عالم ތަކުގެ ވެރި اللَّه، ހުސްطاهر ވަންތަވެވޮޑިގެންވެއެވެ.
P.O.Maldives 27:8
9
އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ اللَّه އެވެ.
P.O.Maldives 27:9
10
އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފަޔެއްހެން ހެލިފެލިވާތީ، ފެނިވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ދެން وحى ކުރެއްވިއެވެ.) އޭ موسى ގެފާނެވެ! ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި رسول ން (އެއްވެސް އެއްޗެއް ދެކެ) ބިރުފުޅެއް ނުގަންނާނެތެވެ.
P.O.Maldives 27:10
11
އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށްފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
P.O.Maldives 27:11
12
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. فرعون އާއި، އޭނާގެ قوم ގެމީހުންނަށް ފޮނުއްވި ނުވަ معجزات ގެ ތެރެއިންނެވެ. ހަމަކަށަވަރުން، فاسق ބަޔަކުކަމުގައި، އެއުރެންވޫއެވެ.
P.O.Maldives 27:12
13
ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
P.O.Maldives 27:13
14
އަދި އެ آية ތައް އެއީ، ތެދުކަން އެއުރެންގެ نفس ތަކަށް يقين ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آية ތަކަށް އެއުރެން إنكار ކުރޫއެވެ. ފަހެ، فساد ކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
P.O.Maldives 27:14
15
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ.
P.O.Maldives 27:15
16
އަދި داود ގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، سليمان ގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ فضل ވަންތަ ކަމެއްކަން ކަށަވަރެވެ.
P.O.Maldives 27:16
17
އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمان ގެފާނަށް އެކަލޭގެފާނުގެ لشكر އެއްކުރެއްވުނެވެ. ފަހެ، އެ لشكر އެތުރިގެންވެއެވެ.
P.O.Maldives 27:17
18
(ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.
P.O.Maldives 27:18
19
ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
P.O.Maldives 27:19
20
އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟
P.O.Maldives 27:20
21
ހަމަކަށަވަރުން، (އޭތީގެ عذر އެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.
P.O.Maldives 27:21
22
ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمن ކަރައިގެ) سبإ އިން يقين ވެގެންވާ خبر އަކާއިގެންނެވެ.
P.O.Maldives 27:22
23
އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ.
P.O.Maldives 27:23
24
އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ.
P.O.Maldives 27:24
25
އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ.
P.O.Maldives 27:25
26
اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ.
P.O.Maldives 27:26
27
އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ.
P.O.Maldives 27:27
28
އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!
P.O.Maldives 27:28
29
(ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ.
P.O.Maldives 27:29
30
އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.)
P.O.Maldives 27:30